ދިވެހިރާއްޖޭގެ ހައިކޯޓުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، 3 އަންހެން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗަކުން ޝަރީޢަތެއް ހިންގައިފިއެވެ.
މިއަދު ހައިކޯޓުގައި ހިންގި ޝަރީޢަތެއްގެ މި ތާރީޚީ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަލްއުސްތާޛާ ފާޠިމަތު ފަރުހީޒާ، ފަނޑިޔާރު އަލްއުސްތާޛާ ޙުޒައިފާ މުޙައްމަދު އަދި ފަނޑިޔާރު އަލްއުސްތާޛާ ދީބާނާޒް ފަހުމީއެވެ.