ބާރާއި ނުފޫޒު އޮތީ އެވެރީންގެ އަތުގައެވެ. އެހެންކަމުން ރައްޔިތުންގާތަށް އަންނާން ނުޖެހުމަކީ އެވެރީން ބޭނުންވާ ގޮތެވެ. އެއީ ސިޔާސީ ހުރިހާ ޕާޓީތަކުންވެސް އަދި ޚާއްސަކޮށް، ވެރިކަމުގެ ބާރުގައި ތިބޭއިރު އެވެރީން ބޭނުން ވާނޭ ގޮތެވެ.

މާދަމާ ވޯޓުލާއިރު، އެވެރީންނަށް ކޮންޓްރޯލް ނުކުރެވޭނޭ ހަމަ އެކަނި އެއްޗަކީ ތިބާގެ ވޯޓެވެ. އެ ވޯޓަކީ ތިބާގެ ބާރު ދަމަހައްޓާން ދޭ ވޯޓަކަށް ހަދާށެވެ. އެހެންކަމުން، ރިޔާސީ އިންތިޚާބާއި، މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ނުފެންނަކަމަށް ބުނާށެވެ. މިއީ ވަކި ފިކުރަކަށްވީތީ، ވަކި ޕާޓީއަކަށް ވީތީއެއް ނޫނެވެ. އެއީ ރައްޔިތުން މީހާއަށް އެންމެ ފައިދާހުރި ގޮތެވެ. ރަނގަޅު ފާހަގަ ޖަހާނީ "ނޫނެކެވެ" ☑