ތިބާގެ ގޭގެ ތަޅުދަނޑިއާއި، ގޭގައި ހުރި ތިޖޫރީގެ ތަޅުދަނޑި އެކެއްގެ އަތަށް، އެއް ވަގުތެއްގައި ދިނީމަ ވާނީ ކިހިނެއް ހެއްޔެވެ. މިފަދަ އަމާނާތްތެރީން މަދު ޒަމާނެއްގައި މިއީ ތިބާގެ މުދަލާއި ފައިސާއަށް އެންމެ ރަނގަޅު ގޮތްކަމުގައި ވެދާނޭ ހެއްޔެވެ.
ޑިމޮކްރަސީއަކީވެސް މިފަދަ އެއްޗެކެވެ. ޑިމޮކްރަސީ ދަމަހައްޓާން ދެ ތަޅުދަނޑި ވެސް ވަރަށް މުޙިއްމެވެ. އެއީ ރައްކާތެރިކަމުގެ ގޮތުންނެވެ. އެހެންކަމަށް ވާނަމަ، ރިޔާސީ އިންތިޚާބާއި، މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ނުފެންނަކަމަށް ބުނާށެވެ. މިއީ ވަކި ފިކުރަކަށްވީތީ، ވަކި ޕާޓީއަކަށް ވީތީއެއް ނޫނެވެ. އެއީ ރައްޔިތުން މީހާއަށް އެންމެ ފައިދާހުރި ގޮތެވެ. ރަނގަޅު ފާހަގަ ޖަހާނީ "ނޫނެކެވެ" ☑