ސިޔާސީ މީހުން ރައްޔިތުންގެ ގާތަށް ނުވަތަ ރައްޔިތު މީހާގެ ގާތަށް އަންނާން މިޖެހެނީ މަދު ފަހަރެއްގައެވެ. އިންތިޚާބެއް އޮވެއްޖެ ނަމައެވެ. އެނޫނީ، ރައްޔިތުންގެ ކިބައިބައިން އެވެރީން ބޭނުންވާ ކަމެއް ނޯންނާނެއެވެ. މޮޅެތި ވާހަކަ ދައްކާނެއެވެ. 

އިންތިޚާބެއް އޮންނަ ކޮންމެ ފަހަރަކު ރައްޔިތުންގެ ގާތަށް ބޮޑެތި ހުވަފެންތަކާއި މޮޅެތި ވާހަކަތައް ހިފައިގެން އަންނާނެއެވެ. އިންތިޚާބުތައް މަދުކޮށްލެވިއްޖެ ނަމަ، ރައްޔިތުމީހާގާތަށް އެވެރީން އަންނާން ޖެހޭ ސަބަބު މަދުވީއެވެ. ވާންޖެހޭ ވަޢުދެއް ނޯންނާނެއެވެ. 

އޭޕްރީލް 4 ވަނަ ދުވަ އެނަގާ ފެންނަ ނުފެންނަ ވޯޓަކީ، މިގޮތަށް ރައްޔިތުންގެ ގާތަށް ސަލާންޖަހާން އައުން ނިމުމަކަށް ގެންނަ ވޯޓަކަށް ހަދާން އެވެރީން ބޭނުން ވާނެވެ. އެކަން އެމަގުން ދިޔަ ނުދޭށެވެ. 

އެހެންކަމުން، ރިޔާސީ އިންތިޚާބާއި، މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ނުފެންނަކަމަށް ބުނާށެވެ. މިއީ ވަކި ފިކުރަކަށްވީތީ، ވަކި ޕާޓީއަކަށް ވީތީއެއް ނޫނެވެ. އެއީ ރައްޔިތުން މީހާއަށް އެންމެ ފައިދާހުރި ގޮތެވެ. ރަނގަޅު ފާހަގަ ޖަހާނީ "ނޫނެކެވެ" ☑