ތިބާއަށް ނުވަތަ މުޖުތަމަޢަށް އެވެރީން މިއަދު ބޮޑެތި އެހީތަކެއްވެދީ، ހަދިޔާތައް ދެނީ، 5 އަހަރަށް ތިބާގެ އަޑު ކަނޑުވާލުމަށެވެ. ތިބާ އެވެރީންނަށް ދިން ބާރުތަކާއެކު 5 އަހަރުގެ ހަނީމޫނަކަށް ނައްޓާލަނީއެވެ. ދެން އާމަޝްރޫއެއް ނުފަށާނެއެވެ. ވީ ވަޢުދެއް ފުއްދާކަަށްވެސް ނޫޅޭނެއެވެ.
ރަށްރަށަށް ކޮށްދޭން ވަޢުދުވީ ކަންކަން ހުރިގޮތަށް ހުންނާނީއެވެ. ނޫނީ ދެން އެވާހަކަ ދައްކާކަށް ނާންނާނެއެވެ. ބޯހިޔާވަހިކަމުގެ ކަމެއް ކުރިއަކަށް ނުގެންދިޔަޔަސް ރައްޔިތުންނަށް ކުރެވޭނޭ ކަމެއް ނޯވެއެވެ. އެކަން އެހެންވިޔަ ދީގެން ނުވާނެވެ. ގިނަ މީހުންނަށް ތިމާ ރަނގަޅަށް މަޅީގައި ޖެހިފައި ހުރިކަން ރޭކާލަނީ ވަގުތު ފާއިތުވާ ފަހުންނެވެ. ޚަރަދު ކުޑަކުރާށޭ ބުނެ އެ ޖަހާ މަޅީގައި ނުޖެހޭށެވެ.
އެހެންކަމުން، ރިޔާސީ އިންތިޚާބާއި، މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ނުފެންނަކަމަށް ބުނާށެވެ. މިއީ ވަކި ފިކުރަކަށްވީތީ، ވަކި ޕާޓީއަކަށް ވީތީއެއް ނޫނެވެ. އެއީ ރައްޔިތުން މީހާއަށް އެންމެ ފައިދާހުރި ގޮތެވެ. ރަނގަޅު ފާހަގަ ޖަހާނީ "ނޫނެކެވެ" ☑